ގދ. ވާދޫއަކީ އާސާރީ ގިނަ ބިނާތައް ހުންނަ ރަށެކެވެ. އެގޮތުން ވާދޫ ހަވިއްތަ، އުސްގަނޑެއް، ހުކުރު މިސްކިތް، އާސާރީ ގައުތަކެއް، ތުންޑޭ ޒިޔާރަތުގެ އިތުރުން ގައު މިސްކިތް ކިޔާ އާސާރީ ތަންތަން ވާދޫގައި ހުރެއެވެ. މިތަންތަނަކީ އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި މެހެމާނުންގެ މެދުގައި ވަރަށް މަޤުބޫލު ތަންތަނެވެ. ވަކިން ހާއްސަކޮށް ވާދޫ ހުކުރު މިސްކިތާއި ގުޅޭ އާސާރީ ވާހަކަތައް އަޑުއަހާނުލާ އެރަށުން ފައިބާ ހިތެއް ނުވާނެއެވެ. ވާދޫގެ މެދުތެރޭގެ އިރުއުތުރު ބައިގައި 128 ފޫޓު ވަށަމިން ހުރި އުސްގަނޑަކާއި އުސްމިނުގައި 15 ފޫޓު ހުރި އުސްގަނޑެއް ހުރެއެވެ. ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މައުލޫމާތުދޭ ގޮތުގައި މި ދެތަނާއި އެއްމިސްރާބެއްގައި ދެން ހުންނަނީ…